ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)247-EDSS/247/2023/7
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 01 ޖޫން 2023 13:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ އަޟްޙާ ޢީދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކާނިވާގެ ސްޓޯލްތަކާއި ގުޅޭ:

   އިޢުލާން

    1444 ވަނަ އަހަރުގެ އަޟްޙާ ޢީދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކާނިވާގެ ސްޓޯލް ތަކުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

    ކާނިވާގެ ސްޓޯލް ތަކުގެ ތެރޭގައި ވިޔާފާއި، ބިރުވެރި ހޮހޮޅަ، ކުޅިވަރު، ކާބޯތަކެތި އަދި މުނިފޫހިފިލުވުމުގެ ސްޓޯލްތައް ހިމެނިދާނެއެވެ.

   އެހެންކަމުން 1444 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ކާނިވާ"ގެ ސްޓޯލްތަކަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ގޫގުލް ފޯމް މެދުވެރިކޮށް 2023 ޖޫން 01 ވަނަދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓަރީވުމަށް ދަންނަވަމެވެ. ގޫގުލް ފޯމްގެ ލިންކް އިޢުލާނާއެކު ޙިއްސާ ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

   ލިންކް: https://docs.google.com/forms/d/e/1FAIpQLSfD1p4nlobnbmhUTVRxgcAVffmuJJvXIaa4-LKRxk2HrL6fNQ/viewform

   ސްޓޯލްތަކަށް ޝައުވެރިކަން ފާޅުކުރައްވާ ފަރާތްތަކުގެ އަދަދު މަތިކަމުގައި ވާނަމަ، ސްޓޯލްތައް ހިންގާނެ ފަރާތްތައް ކަނޑައެޅުމުގައި އެންމެ ރަނގަޅު ހުށައެޅުންތައް ހުށައަޅާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

03 ޛުލްޤައިދާ 1444

23 މޭ 2023