ނީލަން
ނަންބަރު: (IUL)401/401/2023/31
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:03
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގައި ބޭނުންކޮށް ބައުވެ ހަލާކުވެފައިވާ ދެ ލޮރީ، ސިޓީލާ ނީލަމުގައި ވިއްކާލުން

މިކައުންސިލްގައި ބޭނުންކޮށް ބައުވެ ހަލާކުވެފައިވާ ދެ ލޮރީ، ސިޓީލާ ނީލަމުގައި ވިއްކާލުން

މިކައުންސިލްގައި ބޭނުންކޮށް ބައުވެ ހަލާކުވެފައިވާ ދެ ލޮރީ، ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި ނީލަން ފެށޭ ތާރީޚަކީ 23 މެއި 2023 ވާ އަންގާރަ ދުވަސްކަމުގައި ދަންނަވަމެވެ.

އުޅަނދާއި ބެހޭ މަޢުލޫމާތު

ނީލަން ނަންބަރު

ތަކެތީގެ ތަފްސީލް

ބާވަތް

އޮތްތަން

ނީލަން ފެށޭއަގު (ރ)

މަދުވެގެން އިތުރު ކުރެވޭނެވަރު (ރ)

N-01/2023

މިޓްސަބްޝީ ލޮރީ 

ލޮރީ

ހައްދުންމަތީ ފޮނަދޫ ކައުންސިލް އިދާރާ

25،000.00

2،000.00

N-02/2023

ނިޝާން، އެޓްލަސް ލޮރީ –  

ލޮރީ

ހައްދުންމަތީ ފޮނަދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރ

5،000.00

500.00

 

އުޅަނދުގެ ހާލަތު ބެލުން

އުޅަނދުގެ ފެންވަރާއި ހާލަތު ބެލުމަކީ ނީލަމުގައި ބައިވެރިވާ ފަރާތުގެ ޒިންމާއެކެވެ.

މި އުޅަނދު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ ނަންބަރ 6800082 އަށް ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި ގުޅުއްވުމުން ބެލުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެކަމުގައި ދަންނަވަމެވެ.

ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން

ނީލަމުގައި ބައިވެރިވެވޭނީ، ކަނޑައެޅިފައިވާ ޑިޕޮސިޓް ދެއްކުމަށްފަހު ސިޓީލާ ނީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ކޮންމެ ނީލަން ނަންބަރަކަށް ވަކިން ބައިވެރިވާންޖެހޭނެއެވެ.

ރަޖިސްޓްރީ ކުރުމަށް މި ގޫގުލް ފޯމް https://bit.ly/3BNbyz1 ފުރަންވާނެއެވެ.

ޑިޕޮސިޓްގެ ގޮތުގައި ކޮންމެ ނީލަމަކަށް 1،000.00ރ ( އެއްހާސް ރުފިޔާ ) ދައްކަންވާނެއެވެ. ޑިޕޮސިޓް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބޭންކް ޓްރާންސްފަރ މެދުވެރިކޮށް، މި ކައުންސިލްގެ ބީ.އެމް.އެލް އެކައުންޓް ނަންބަރު: '7707700292001'، އެކައުންޓް ނަން: '1452 ރެވެނިއު 1' އަށެވެ.

ނީލަން ކުރިއަށްދާނެ ގޮތް

ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ފަރާތްތަކުން އަގުހުށައަޅަން ވާނީ ރަސްމީ ދުވަސްދުވަހުގެ މެންދުރު 12:00 ގެކުރިން، ބަންދުކުރެވިފައިވާ ސިޓީ އެއްގައި ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ ކައުންޓަރަށެވެ.

ކޮންމެ ދުވަހެއްގައި އެ ދުވަހަކު ހުށަހެޅޭ އެންމެ މަތީއަގު އެދުވަހެއްގެ މެންދުރު 14:00 ގައި މި ކައުންސިލްގެ ނޯޓިސްބޯޑް އަދި ފޭސްބުކް ޕޭޖްގައި ސާއިޢު ކުރެވޭނެއެވެ.

ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލުނައިސް ވިދިވިދިގެން ރަސްމީ ބަންދުނޫން 3 ދުވަސް ވޭތުވެއްޖެނަމަ، އެހާތަނަށް ހުށަހެޅިފައިވާ އަގަކީ އެ މުދަލަށް ހުށަހެޅުނު އެންމެ މަތީ އަގު ކަމުގައި ކަނޑައަޅައި، އެ އަގު ހުށަހަޅާފައިވާ ފަރާތަކަށް ނީލަން ނިމޭނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތުން ފައިސާ ދެއްކުމާއި ޑިޕޮސިޓް ފައިސާ އަނބުރާ ދިނުން

ނީލަން ކާމިޔާބުކުރާ ފަރާތުން ތަކެތީގެއަގު ދައްކާ ހަލާސްކުރާނީ ޑިޕޮސިޓް ފައިސާ އުނިކުރުމަށްފަހުއެވެ. އަދި ނީލަން ކާމިޔާބުކުރާ ފަރާތުން 48 ގަޑިއިރު ތެރޭގައި ފައިސާ ނުދައްކައިފިނަމަ ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓިފައިވާ ފައިސާ އަނބުރާ ރައްދުކޮށް ނުދެވޭނެއެވެ.

ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުވި ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އަނބުރާ ރައްދުކުރެވޭނެއެވެ.

ނީލަން ކާމިޔާބުވި ފަރާތުން ނީލަން ނިމޭތާ 48 (ސާޅީސްއަށް) ގަޑިއިރު ތެރޭގައި ފައިސާ ދެއްކުމަށްފަހު ގިނަވެގެން 4  ދުވަސްތެރޭގައި ނީލަމުގައި ބައްލަވައިގަތް ތަކެއްޗާއި ހަވާލުވެ ގެންދަންވާނެ އެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށްފަހު ނީލަމުގައި ބައްލަވައިގަތް ތަކެތި ނުގެންގޮސްފިނަމަ، އަލުން ނީލަން ކިއުން ނުވަތަ ނައްތާލުމުގެ އިޙްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި 6800082 ފޯނާ ގުޅުއްވުން އެދެމެވެ.

22 މޭ 2023