މަސައްކަތް
ނަންބަރު: (IUL)471-PIDS2/471/2023/172
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:52
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކްރޮސް ސަބްސިޑީ އުސޫލުގެ ދަށުން 3 އެއަރޕޯޓް އަޕްގްރޭޑް ކުރުން

ކްރޮސް ސަބްސިޑީ އުސޫލުގެ ދަށުން 3  އެއަރޕޯޓް އަޕްގްރޭޑް ކުރުން

ޤަވާއިދު  ނަންބަރު: R-125/2022 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ޤަވާއިދު)ގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން 3 އެއަރޕޯޓް އަޕްގްރޭޑް ކުރުމަށް ނުވަތަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ފައިނޭންސް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ޕްރޮޕޯސަލް ހުށަހެޅުމަށް އާންމުކޮށް ދަޢުވަތު ހުޅުވާލަމެވެ.

މި މޮޑެލްގެ ދަށުން އަޕްގްރޭޑް ކުރުމަށް ބޭނުންވާ  3 އެއަރޕޯޓް ތިރީގައި މިވަނީއެވެ.

އެއަރޕޯޓް

އެއަރޕޯޓް ހިމެނޭ ރަށް / ސަރަޙައްދު

މަޝްރޫޢަށް ހޭދަވާނެކަމަށް އަންދާޒާކުރާ އަދަދު

ފައިނޭންސް ކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދު

 1. މަޑިވަރު އެއަރޕޯޓް

ޅ.މަޑިވަރު

 15,000,000 USD

5,000,000 USD

 2. ދާލު އެއަރޕޯޓް

ދ.ކުޑަހުވަދޫ

 50,000,000 USD

5,000,000 USD

 3. މާފަރު އިންޓަރނޭޝަނަލް     އެއަރޕޯޓް

ނ.މާފަރު

30,000,000 USD

5,000,000 USD

މި ދަޢުވަތުގެ ހުށަހަޅާ ހުށަހެޅުން ތަކުގައި އަންނަނިވި މައިގަނޑު ނުކުތާތަކަށް ސަމާލުކަން ދިނުން އެދެމެވެ.

  1. މި އިޢުލާއާނާ އެކު އެއްކަރުދާސް ކުރެވޭ 'އެޕްލިކޭޝަން ފޯމް"ގެ ހުރިހައި ބައިތަކެއް ފުރިހަމަކުރަންވާނެއެވެ.
  2. އެއަރޕޯޓް ތަރައްޤީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓް އަދަދު، އެ މަޝްރޫޢެއްގެ މުޤާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓު އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައިދެވޭނޭއެވެ.
  3. ޝައުގުވެރިކަށް ފާޅުކޮށް ހުށަހަޅާ ހުށަހެޅުންތަކުގައި، އެއަރޕޯޓް އަޕްގްރޭޑް ކުރުމަށް ނުވަތަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ފައިނޭންސްކުރުމަށް ހުށަހަޅާ އެއަރޕޯޓަކީ ކޮބައިކަން ބަޔާންކުރަންވާނެއެވެ.
  4. މި އިޢުލާނުގެ ދަށުން ހުށަހެޅުންތައް ހުށައެޅުމުގެ ފުރުޞަތު، އާންމުކޮށް އަންގާ އެންގުމަކުން ބަންދު ނުކުރާހާހިނދެއްގައި ދެމިއޮންނާނެއެވެ.
  5. މި މޮޑެލްގެ ދަށުން، ޝަޢުގުވެރިކަން ފާޅުކޮށް ހުށަހަޅާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ.

މި ދަޢުވަތުގެ ދަށުން ހުށަހަޅުއްވާ ހުށަހެޅުންތައް އެސެސްމެންޓް ހަދައި ކުރިއަށް ގެންދެވޭނީ ތިރީގައިވާ ގޮތަށެވެ.

(ހ)  އެޕްލިކޭޝަމް ފޯމްގެ ކަމާގުޅޭ ބައިތައް ފުރިހަމަކޮށްފައިވުމާއެކު، ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތައް ހުށަހަޅާފައިވޭތޯ ބެލުން.

(ށ)  ޕްރޫފް އޮފް ފައިނޭންސް ޞައްޚަކަން ކަށަވަރު ކުރުން.

(ނ)  އެޕްލިކޭޝަމް ފޯމްގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކޮށް އަދި ޕްރޫފް އޮފް ފައިނޭންސް  ކަށަވަރުކުރެވޭ ފަރާތްތަކުގެ ހުށަހެޅުންތައް ޤަވާއިދުގައި ވާގޮތަށް އެންޑޯޒްކުކުމަށް ހުށަހެޅުން.

(ރ)  އެންޑޯޒްކުރެވޭ ހުށަހެޅުންތައް ފައިނޭންސިންގ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު، އެއްބަސްވެވިފައިވާ ގޮތަށް ފައިނޭންސް ދެއްކުމުން ނުވަތަ މަސައްކަތް ނިންމުމުން، ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ޤަވާއިދު R-125/2022 ގެ ދަށުން ލާޒިމްވާ ލީސް އެގްރިމެންޓްގައި ސޮއިކުރުން.  

23 މޭ 2023