ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)275-PM/275/2023/22
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 31 މޭ 2023 14:00
މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް

ރުއްގަހުގެ ވެރިން ހޯދުމަށް

                  މިރަށުގައި ސަރުކާރުން ހިންގަވާ ސާފު ބޯފެނުގެ ޚިދުމަތް ފޯރުކޮށް ދިނުމުގެ މަޝްރޫޢުގެ ދަށުން ވަޅުލަންޖެހޭ ފެންހޮޅި ވަޅުލުމަށްޓަކައި މިރަށުގެ ފެން ބިލްޑިންގ ގެ އުތުރުން އޮތް ސަރަޙައްދުގައި މި ކައުންސިލްގެ ފަރާތުން ކަޅުކުލައިގެ ދަވާދުން (1 އިން 5 އަށް) ނަންބަރު ޖަހާފައިވާ 5 (ފަހެއް) ރުކުގެ ވެރިން ހޯދަން ބޭނުންވެއެވެ.

                  ވީމާ، އިސްވެ ދެންނެވުނު ސަރަޙައްދުގައި ހުރި ރުއްތަކުގައި ކައުންސިލްގެ ފަރާތުން ކަޅުކުލައިގެ ދަވާދުން ޖަހާފައިވާ ނަންބަރު އެނގޭނޭގޮތަށް ރުއްގަހުގެ ވެރިން 31 މެއި 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި 31 މެއި 2023 ވާ ބުދަ ދުވަހުގެ 14:00 ހަމަވާއިރު ވެރިން ނޭނގޭ ރުއްގަސް އެ ރުއްގަހުގެ ވެރިޔަކު ނެތްކަމަށް ބަލައި ކައުންސިލްގެ ފަރާތުން ނަންތާލެވޭނެކަމާއި މިގޮތުން ނައްތާލެވޭ ރުއްގަހުގެ އެއްވެސް ކަމެއްގައި މިކައުންސިލުން ޒިންމާނުވާނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

23 މޭ 2023