ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-AHI/309/2023/96
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:13
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި ނައްތާލުމާއިގުޅޭ

އިޢުލާން 

 

                  އެނގިވަޑައިގަންނަވާނެ ފަދައިން މިހާރު މިވަނީ ހުޅަނގު މޫސުން ފެށިފައި ކަމުން ކުނިއަޅާ ސަރަޙައްދު ގައި ކުނި އެންދުމުން އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ވަރަށް ބޮޑަށް އުނދަގޫ ވަމުންދާތީވެ 24 މެއި 2023 ބުދަ (މާދަމާ) ން ފެށިގެން ހުޅަނގު މޫސުން ނިމެންދެން ކުނިއެޅުމަށް ހަމަޖެހިފައިވަނީ ކުނިއަޅާ ސަރަޙައްދުގެ އިރު އުތުރު ކަންމަށްޗަށް ކުނިއެޅުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދަށް ކަމުގައި ދެންނެވީމެވެ. އަދި ހަމަ އެހެންމެ އާންމު ފަރާތްތަކުން ކުނިއަޅާ ސަރަޙައްދުގައި އަލިފާން ރޯ ކުރުމާއި، ކުނިއަޅާ ސަރަޙައްދު ފިޔަވައި ރަށުގެ އެހެނިހެން ސަރަޙައްދު ތަކަށް ކުނި އެޅުމަކީ މަނާކަމެއްކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. މިފަދަ އެންމެހާ ކަންކަމުގައި ރައްޔެތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރު ލެއްވުމަށްޓަކައި އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.  

23 މޭ 2023