ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)300/300/2023/16
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2023
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 29 މޭ 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ރަސްގެތީމު މަސްޖިދުލް މާލިކްގެކުލައާއި ދަވާދުބަދަލުކުރުމާ ބެހޭ

ބީލަން ހުށަހެޅުމުގެ ފުރުޞަތު؛

           މަސްޖިދުލް މާލިކްގެ ކުލައާއި ދަވާދު އާކުރުމަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލަމެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށް ގަނޑުތައް ނުނެއްޓޭނޭގޮތަށް  ބައިންޑް/ހީރަސްކުރެވި ސިޓީއުރައިގައި ބަންދުކޮށްފައެވެ.

މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލް އިދާރާ

ރ.ރަސްގެތީމު، ދިވެހިރާއްޖެ.

ރ.ރަސްގެތީމު މަސްޖިދުލް މާލިކްގެކުލައާއި ދަވާދުބަދަލުކުރުމާ  ބެހޭ އިޢުލާނު ނަންބަރު:

ރެޖިސްޓްރޭޝަން

          ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ރ.ރަސްގެތީމު ކައުންސިލް އިދާރާ ގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2023 މެއި 29 ވަނަ ދުވަހުގެ 13:00 އާއި ހަމަޔަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 13:00 އާއި ދެމެދު ރ.ރަސްގެތީމު ކައުންސިލް އިދާރާގެ ރިސެޕްޝަންގައެވެ. އަދި މިމުއްދަތު ތެރޭގައި އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ގުޅޭނެ ނަންބަރު ،ރަޖިސްޓްރީވާ ފަރާތުގެ ނަން ،އަދި ރަޖިސްޓްރީވާ ފަރާތުގެ އީމެއިލް އެގޭގޮތަށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރެވިދާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 މަޢުލޫމާތު ސާފުކުރުން

        މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ 2023 މެއި 31 ކައުންސިލް އިދާރާއަށް ޙާޟިރުވެގެންނެވެ.

ބިޑު ހުޅުވުން

       ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 2023 ޖޫން 04 ވަނަ ދުވަހުގެ 13:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 ޖޫން 04 ވަނަ ދުވަހުގެ 13:00 ގައި ރ.ރަސގެތީމު ކައުންސިލް އިދާރާގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ނޯޓް:

މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލް އިދާރާ

ރ.ރަސްގެތީމު، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

              1444 K 03

              23 މެއި 2023

 

 

23 މޭ 2023