ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން
މާލެ، ދިވެހިރާއްޖެ
އިއުލާން ނަމްބަރު: (IUL)475/475/2023/91
އިއުލާން އެމެންޑްމަންޓް 1
"ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް އަދި ރ. އަލިފުށި ޓިވެޓް ސެންޓަރަށް ކޮމްޕިޔުޓަރ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނޭ ފަރާތެއް ހޯދުން"
ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް އަދި ރ. އަލިފުށި ޓިވެޓް ސެންޓަރަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކޮމްޕިޔުޓަރ ސިސްޓަމްތައް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ސުރުޚީގައި ދަންނަވާފައިވާ ތަކެތި ހޯދުމަށް 11 މެއި 2023 ގެ އި ކުރެވިފައިވާ ނަންބަރު(IUL)475/475/2023/78 އިއުލާނުގައިވާ ޓެކްނިކަލް ސްޕެސިފިކޭޝަނަށް ވަނީ ބަދަލު ގެނެވިފައެވެ. މި އިޢުލާނާ އެކު އިސްލާހުކުރެވިފައިވާ ޓެކްނިކަލް ސްޕެސިފިކޭޝަން އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައިގުވެރިވެލައްވާ ފަރާތްތަކުން އިސްލާހުކުރެވިފައިވާ ޓެކްނިކަލް ސްޕެސިފިކޭޝަން މި އިއުލާނުން ޑައިންލޯޑްކުރެވޭނެއެވެ. އަދި ތިރީގައިވާ އެޑްރެހަށް އީމެއިލްކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.
އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،
އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ
އީމެއިލް : [email protected]
ފޯން: 306982/3026975