ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2023/27
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2023
ޕަބްލިޝްކުރި ގަޑި: 09:30
ސުންގަޑި: 25 މޭ 2023 20:30
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައްދަލުވުމަށް ދެންނެވުން

ތިރީގައި ދަންނަވާފައިވާ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ރައްޔިތުންގެ ބައްދަލުވުމެއް، 2023 މެއި 25 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:30 ގައި އިރުވެލި މާލަމުގައި އޮންނާނެއެވެ.

  1. ބަނދަރު ބެލެހެއްޓުމުގެ ޤަވާޢިދާއި އުސޫލު އެކުލަވާލުން.
  2. ޑިންގީ ޖެޓީގެ ފައްތިޔާ ވިއްކާ އަގާއިމެދު މަޝްވަރާކުރުން.
  3. ކުލީ ބިންތަކުގެ މުއްދަތު އައުކުރުމާއިމެދު ރައްޔިތުން ދެކޭގޮތް ހޯދުން.
  4. ރަށުގެ އިރު ދެކުނު ސަރަޙައްދުގައި އޮޑި އެހެލުމަށް ޚާއްޞަ ސަރަޙައްދެއް ތަރައްޤީކުރުން. އަދި އެތަން ތަރައްޤީކޮށް ނިމުމުން، ރަށުގެ ހުޅަނގު އުތުރު އޮޑިއެހެލާ ސަރަޙައްދު މޫދަށް އެރުމަށް ޚާއްޞަކުރުމާއިމެދު ރައްޔިތުން ދެކޭގޮތް ހޯދުން.
  5. ތަރައްޤީކުރުމަށް ކައުންސިލުން ސަރުކާރަށް ހުށަހެޅި ރަށުގެ މަގުތަކާއިމެދު މަޝްވަރާކުރުން.

ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

23 މޭ 2023