ދިވެހިރާއްޖެ
އިޢުލާން
1444 ވަނަ އަހަރުގެ އަޟުޙާ އީދު ފާހަގަ ކޮށްދޭނޭ ފަރާތެއް ހޯދުން
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް 1444 ވަނަ އަހަރުގެ އަޟުޙާ އީދު ފާހަގަ ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 25 މެއި 2023 ވަނަ ދުވަހު 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ނަންނޯޓްކުރެއްވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް 25 މެއި 2023 ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 މެއި 2023 ވަނަ ދުވަހުގެ 11:00 އަށް ޕޮރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާ ޖަމާއަތްތަކަށެވެ.
ލިންކް:https://docs.google.com/forms/d/1T6xXlwhB4-fsaX2WVC6wGw7FvEwjrMydHtEkr2uRQjQ/edit#responses
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.