ކުއްޔަށް ދިނުން
ނަންބަރު: (IUL)270/270/2023/91
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2023
ޕަބްލިޝްކުރި ގަޑި: 16:41
ސުންގަޑި: 22 ޖޫން 2023 11:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. މަކުނުދޫއިން 29 (ނަވާވީސް) ބިމެއް ކުއްޔަށް ދޫކުރުމާ ގުޅޭ

ހދ. މަކުނުދޫއިން ބިން ކުއްޔަށް ދޫކުރުމަށް 11 މޭ 2023 ގައި ކުރެވުނު އިޢުލާން ބާޠިލް ކޮށް އަލުން އިޢުލާން ކޮށްލަމެވެ. ވީމާ މި ބިންތަކުގައި ވިޔަފާރިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މި ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު 15 ޖޫން 2023 ގެ 23:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އަދި ކުރުން ބިޑްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތައް އަލުން ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެއެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:  https://bit.ly/3St1NgY

މި ބީލަމާ ގުޅިގެން ބޭއްވޭ މަޢުލޫމާތު ބައްދަލުވުން 24 މޭ 2023 ވާ ބުދަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައި ކުރިއަށް ދާނެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 22 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.

މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • ޕްރޮކިއުމަންޓް ޔުނިޓް
  • މަކުނުދޫ ކައުންސިލް އިދާރާ
  • ހދ. މަކުނުދޫ
  • ފޯން: 9695777 / 7789355
  • އީމެއިލް: [email protected]

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 މޭ 2023