ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-C/1/2015/2
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:07
ސުންގަޑި:
15 ފެބުރުވަރީ 2015 23:00
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕާސްޕޯޓާބެހޭ
އިޢުލާން
ތިރީގައި މިދަންނަވާ ފަރާތްތަކުގެ ޕާސްޕޯޓްތައް، 15 ފެބުރުވަރީ 2015 ގެ ކުރިން ޙަވާލުވުމަށް ދެންނެވީމެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުނަންގަވާ ޕާސްޕޯޓްތައް ނައްތައިލެވޭނެ، ވާހަކަވެސް އެންގީމެވެ.
- 31 ޑިސެންބަރު 2009 ގެ ކުރިން ޕާސްޕޯޓް ހެދުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ޕާސްޕޯޓް.
- ކެންސަލް ކުރުމަށްފަހު އެކިއެކި ސަބަބުތަކާހުރެ މި ޑިޕާޓްމަންޓް އިން ނުނަންގަވާ ހުރި ޕާސްޕޯޓް.
އަދި ދަންނަވަމެވެ. މިހާރަކަށް އައިސް ގިނަ ފަރާތްތަކުން ޕާސްޕޯޓް ހެދުމަށްފަހު، މި ޑިޕާޓްމަންޓް އިން ނުނަންގަވާކަން ވަނީ ފާހަގަ ކުރެވިފައެވެ. ވީމާ، ދަންނަވަމެވެ. ތަފާތު ސަބަބުތައް ދިމާވެގެން ނަމަވެސް، ޕާސްޕޯޓް ހެދުމަށްފަހު ނުނަންގަވައި މި ޑިޕާޓްމަންޓުގައި ބޭއްވޭނެ އެންމެ ދިގު މުއްދަތަކީ 6 މަސްދުވަސް ކަމުގައި، އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
01 ރަބީޢުލްއާޚިރު 1435
22 ޖަނަވަރީ 2015