ދިވެހިރާއްޖެ
ބާރަށު ސްކޫލް ހުޅަނގުފަރާތު ފާރު އުސްކުރުމާއި ގޭޓު ލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މިސްކޫލުން ކޮށްފައިވާ ނަންބަރު:GS76/IUL/2023/11 އިއުލާނަށް އެއްވެސް ފަރާތަކުން ބިޑުހުށައަޅާފައިނުވާތީ މި އިއުލާނު ބާތިލްކޮށް އަލުން އިއުލާނުކުރަމެވެ.
މިސްކޫލުންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަތަކެތީގައި ސްކޫލްގެ ހުޅަނގުފަރާތު ފާރު އުސްކުރުމާއެކު ގޭޓުލުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ނަންނޯޓުކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓު ކުރެއްވުން |
ބީލަން ހުށައެޅުމަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު މެދުވެރިކޮށް 2023 މެއި 22 ވީ ހޯމަ ދުވަހުންފެށިގެން 2023 މެއި 30 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ރެޖިސްޓްރީ ކުރުމަށްފަހު އީމެއިލް މެދުވެރިކޮށް ނުވަތަ ސްކޫލް އޮފީހަށް ޝީޓު ހުށައެޅުއްވުން އެދެމެވެ. |
އަންދާސީ ހިސާބު ހުށައެޅުއްވުން |
އަންދާސީ ހިސާބު ހުށައަޅުއްވާނީ 2023 ޖޫން 11 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ބާރަށު ސްކޫލް އޮފީހަށެވެ. މިމަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީ އުރައިގެ ބޭރުގައި "ބާރަށު ސްކޫލުގެ ހުޅަނގުފަރާތު ފާރު އުސްކުރުމާއި ގޭޓު ލުމުގެ މަސައްކަތް " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބިޑު ހުށައަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ. |
މި އިއުލާނާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި މަޢުލޫމާތު ޝީޓު ގެޒެޓުގައި އެޓޭޗްކުރެވިފައިވާނެއެވެ. އަދި ދަންނަވަމެވެ. މި މަސައްކަތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500527 ގުޅުއްވުންއެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.