ދިވެހިރާއްޖެ
ހދ.ކުމުންދޫ ބަނދަރު ސަރަހައްދުގައި ހުރި ރުއްތައް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތައް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ. ރުއްގަނޑު ވަރުވާއަށް ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށެވެ.
މި އިއުލާނާ ގުޅިގެން މި ކައުންސިލްގެ އިދާރާއިން ތައްޔާރުކޮށްފައިވާ މައުލޫމާތު ޝީޓް އިއުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. އަދި މި ކަމާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520034 ނަންބަރަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ ވަރުވާއަށް ލިޔުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ވަރުވާއަށް ލިޔުއްވުމަށް އެދި ހުށައަޅާ ސިޓީ ބަލައިގަތުން 28 މެއި 2023 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ