މަސައްކަތް
ނަންބަރު: (IUL)387/387/2023/20
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 18 ޖޫން 2023 10:30
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް ކުރުން

އިޢުލާން

 

ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް ކުރުން

 

         ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި މިއިދާރާއިން ދައްކާ ބިމެއްގައި، މިއިދާރާއިން ފޯރުކޮށްދޭ ކުރެހުމާއި، ބީ.އޯ.ކިޔުއާއި، އަދި މައުލޫމާތާ އެއްގޮތަށް ކޯޓު ހިންގުމަށް އިމާރާތެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

         ވީމާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރިއަށް ރަޖިސްޓަރީވެ އަދި ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިމަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 23 މެއި 2023 ވަނަދުވަހުގެ 8:30 އިންފެށިގެން 31 މެއި 2023 ވަނަދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 18 ޖޫން 2023 ވަނަދުވަހުގެ 10:30 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ، އަދި ސައިޓު ބެލުން 31 މެއި 2023 ވަނަދުވަހު 13:30 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/300 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް މިއިދާރާގެ ނަންބަރު 7725-700437-001 ރެވެނިއު އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް މިއިދާރަގެ މެއިލް އެޑްރެސްކަމުގައިވާ [email protected] އަށް މެއިލް ކުރުމުން ފައިސާ ބަލައިގެން ކަމުގެ ރަސީދުއާއެކު ބިޑް ޑޮކިއުމަންޓްތައް މެއިލް ކޮށްދެވޭނެއެވެ. އަދި މިއިދާރާގެ ކައުންޓަރަށް ދުރުވެ ފައިސާ ދެއްކުމުން ބިޑް ޑޮކިއުމަންޓްތައް މެއިލް ކޮށްދެވޭނެއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

 

               މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

              02 ޛުލްޙިއްޖާ 1444

              22 މެއި     2023

22 މޭ 2023