ދިވެހިރާއްޖެ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެދަށުން ހިންގަމުންގެންދާ ސަރަޙައްދީ ބަނދަރުތަށް ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމުގެދަށުން، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ޚިދުމަތްތައް ފުޅާކޮށް ލުއިފަސޭހަކަމާއިއެކު ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށްޓަކައި 25 މެއި 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން މިޕޯޓްގައި "ބަނދަރު ޕޯޓަލް" ލޯންޗް ކުރުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގައި މި ޕޯޓަލް ލޯންޗްކުރާ ތާރީޚުން ފެށިގެން މި ބަނދަރުގައި ބޭނުންކުރަމުން ގެންދާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ "މާލޭ ކޮމާޝަލް ހާބަރ" ޓެރިފް ކަމުގައި އެންމެހާ ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މާލޭ ކޮމާޝަލް ހާބަރގެ ޓެރިފްއާއި ރޭޓް ތަފާތު ޗާޖަސްތަކާއި ޓެރިފްގައި އަލަށް ހިމެނޭ ޗާޖަސްތައް ތިރީގައި ތަފްޞީލް ކުރަމެވެ.
ޓެރިފްގެ ލިންކް : https://port.mv/tariff/
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ "މާލޭ ކޮމާޝަލް ހާބަރ" ޓެރިފްއާއި ރޭޓް ތަފާތު ޗާޖްތައް |
GST exclusive (MVR) |
8% GST inclusive (MVR) |
ELECTRICITYCHARGES Per Unit Note: Any changes to electricity unit rate by Utility Companies, is subjected to change with 25% Margin |
9.69 |
10.47 |
SUPPLY OF WATER Per CBM Note: Any changes to cubic meter rate by Utility Companies, is subjected to change with 25% Margin |
168.75 |
182.25 |
ޓެރިފްގައި އަލަށް ހިމެނޭ ޗާޖްތައް |
GST exclusive (MVR) |
8% GST inclusive (MVR) |
||
ANCHORING PERMIT FEE Note: The following charges shall apply for vessels occupying space in port inner Harbor. |
||||
Vessels not exceeding LOA 15 meters (per day) |
500 |
540 |
||
Vessels exceeding LOA 15 meters (per day) |
1,000 |
1,080 |
||
CARGO GEAR RENTAL CHARGES |
||||
Pallet (per day) |
10 |
10.80 |
||
Canvas (per day) |
50 |
54 |
||
Pallet unloading hook set (per hour) |
188.68 |
203.77 |
||
Hydraulic jack (per day) |
50 |
54 |
ބަނދަރު ޕޯޓަލް ލޯންޗް ކުރުމާއިއެކު ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުން ދެމުންގެންދާ ޚިދުމަތްތަށް ހަރުދަނާވެ، ހަލުވިކަމާއިއެކު ކަސްޓަމަރުންނާއި ވީހާވެސްގާތުން ޚިދުމަތްތަށް ފޯރުކޮށްދެވިގެން ދާނެކަމުގައި މިކުންފުނިން ދެކެމެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ކުންފުނީގެ ޚިދުމަތްތައް ތަރައްޤީކުރެވި އިތުރަށް ފުޅާކުރެވިގެން ދާނެކަމުގައި އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.