ދިވެހިރާއްޖެ
އިޢުލާނު
ރިޔާސީ އިންތިޙާބު 2023 ކަވަރ ކުރުމަށްޓަކައި ޕީއެސްއެމްގެ ނިއުސް ޓީމާ ގުޅިގެން ފްރީލާންސްކޮށް ސްޓްރިންގަރސް ނުވަތަ މޮނީޓަރުންގެ ގޮތުގައި މަސައްކަތްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތުވަނީ 31 މެއި 2023 ގެ ނިޔަލަށް ހުޅުވާލެވިފައެވެ. އިންތިޚާބު އޮންނަ ދުވަހު ވޯޓުލާ މަރުކަތުތަކުގައި ހިނގާ ހަރަކާތްތތަކާއި ވޯޓުގެ ނަތީޖާ ފަދަ މައުލޫމާތާއި، ވީޑިއޯ އަދި ފޮޓޯތައް ވަގުތުން ވަގުތަށް ޕީއެސްއެމްއަށް ފޮނުވުމުގެ މަސައްކަތްކުރުމަށް، މީހުން ދިރިއުޅޭ ކޮންމެ ރަށަކުންވެސް ޝައުގުވެރިވާ ފަރާތްތައް ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިމަސައްކަތަށް ހޮވޭ ކޮންމެ ފަރާތަކަށް ޕީއެސްއެމްއިން ކަނޑައަޅާ އުޖޫރައެއްގެ ގޮތުގައި އިންތިޚާބު އޮންނަ ދުވަހަކަށް -/500 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ގޫގުލް ލިންކް https://forms.gle/DqtGC7xN4bkohNTG7 ނުވަތަ ކިޔު.އާރ ކޯޑުގައިވާ ގޫގުލް ފޯމް ފޯރުކޮށްދެއްވުން ނުވަތަ ހިއްސާކޮށްދެއްވުން އެދެމެވެ. މިކަމާގުޅޭ އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 3000444 ނުވަތަ 3313559 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
02 ޛުލްޢައިދާ 1444