މަސައްކަތް
ނަންބަރު: B6C-A/2023/4
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2023
ޕަބްލިޝްކުރި ގަޑި: 10:03
ސުންގަޑި: 05 ޖޫން 2023 11:00
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހދ.ހިރިމަރަދޫ މެޖިސްޓްރޭޓްކޯޓުގައި ފާހާނާއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން

  މިކޯޓުގައި ކޯޓު އިމާރާތާއި ގުޅުވައިގެން 4 ފޫޓް 4 ފޫޓުގެ ފާޚާނާއެއް އަމިއްލަ ތަކެތީގައި ހެދުމަށް ކުރި އިޢުލާން ނަންބަރ: B6C-A/2023/3  އާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މިކޯޓުގެ ތިރީގައިވާ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1.1. ފާޚާނާ އިމާރާތްކުރުން

  1. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

  I.  ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

  II.  ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

  III.  ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

  IV.  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

  1. މިމަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 25 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކޯޓު (ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ. މި ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  5 ޖޫން 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި މިކޯޓު (ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓް، ހދ.ހިރިމަރަދޫ ދިވެހިރާއްޖެ ،ފޯން: 6521596 ، 6521595                  

 އީ-މެއިލް: [email protected]

02 ޛުލްޤައިދާ  1444

22 މޭ 2023