މަސައްކަތް
ނަންބަރު: (IUL)AAAH-A-AD/PRIV/2015/1
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:03
ސުންގަޑި: 29 ޖަނަވަރީ 2015 13:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފާޚާނާހޮޅި ބަދަލު ކުރުމުގެ މަސައްކަތް ކުރުން

އަންދާސީހިސާބު ބޭނުންވެއްޖެ.

އއ،.ބޮޑުފޮޅުދޫ ޞިއްޙީމަރުކަޒުގެ ފާޚާނާހޮޅި ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި 09 އޮކްޓޫބަރު 2014 ވީ ބުރާސްފަތި ދުވަހު ކުރެވިފައިވާ އިޢުލާން ނަންބަރު: U6-HC/IU/2014/06 ވަނީ މިނިސްޓްރީ އޮފް ހެލްތުގެ މެމޯ ނަންބަރު: MEMO)23-OAA/AAH/2015/05) އިން އިޢުލާން ބާޠިލުކުރުމަށްފަހު، އަލުން އިއުލާން ކުރުމަށް އަންގަވާފައިއެވެ.

އެހެންކަމުން، މި މަރުކަޒުގެ ފާޚާނާހޮޅި ބަދަލުކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ދަންނަވާ ތަންތަނުން ( މިނިސްޓްރީ އޮފް ހެލްތު ، އއ.އަތޮޅު ހޮސްޕިޓަލް އަދި އއ.އަތޮޅުގެ ޞިއްޙީމަރުކަޒުތައް ) މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 13:00 ގައި އަންދާސީހިސާބު މަތީ ބަޔާންކުރެވިފައިވާ ތަންތަނުގެ ތެރެއިން އިދާރާއަކަށް ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާއިރު ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރައްވަންވާނެއެވެ.

  • ނަރުދަމާ ހޮޅިލައިން ޞިއްޙީމަރުކަޒުން ފެށިގެން މޫދާ ހިސާބަށް ދާނެގޮތުގެ ފްލޯ ޑައިގްރާމެއް ( ކުރެހުމެއް ). މިކުރެހުމުގައި ކޮންމެ ދެހޮޅި ދޭތެރޭގައި ހުންނަ ކާނާއި، ޞިއްޙީމަރުކަޒުގެ ތެރޭގައި ހުންނަ ޖަންކުޝަނާއި، ފިލްޓަރ ވަޅުގަނޑު ހިމެނޭގޮތަށް ހޮޅިލައިން ދާނެގޮތް އަދި މޫދުގައި ހޮޅިލައިން ހިފަހައްޓަން ބޭނުންކުރާ ބަރު ނުވަތަ އެންކާ އެނގޭގޮތަށް ހިމަނައިފައި ވާންޖެހޭނެއެވެ.
  • މަސައްކަތުގައި ބޭނުންކުރާ ހޮޅީގެ ބާވަތް ( ހައިޕްރެޝަރ / އާދައިގެ )، އަދި ބޭނުންކުރާ އެއްހޮޅީގެ ދިގުމިން، އަދި ހޮޅީގެ ޑައިމީޓަރ ( ކިތައް އިންޗީގެ ހޮޅިއެއްތޯ )
  • ހޮޅިލައިންގެ ދިގުމިން ( ކިތައް ހޮޅިތޯ ބޭނުންކުރަންޖެހޭނީ، ޞިއްޙީމަރުކަޒުން ފެށިގެން މޫދާ ހިސާބަށް ކިތައް ފޫޓުތޯ ހުންނަންޖެހޭނީ ).
  • ދެހޮޅި ދޭތެރޭގައި ޤާއިމުކުރާ ކާނުތަކުގެ ބޮޑުމިން ( ކިތައް ފޫޓުތޯ ބޮޑުމިނަކީ / ވަށްކޮށްތޯ ކާނުތައް ހުންނަންޖެހޭނީ ނުވަތަ ހަތަރެސްކަނަށްތޯ )
  • ޖަންކްޝަނާއި ފިލްޓަރ ވަޅުގަނޑެއް ބަހައްޓަންޖެހޭނަމަ އެތަންތަނުގެ ބޮޑުމިން އަދި ބިމުން ފެށިގެން އަޑިއަށް ކިތައް ފޫޓުކަން.
  • ހޮޅިލައިން ޞިއްޙީމަރުކަޒު ފެށޭއިރު ކޮންނަންޖެހޭ ފުންމިން އަދި ހޮޅިލައިން މޫދަށްދާއިރު ހުންނާނެ ފުންމިން ( މޫދަށް ވާގޮތަށް ހޮޅީގެ ކަތިމިން ހުންނާނެ ޑިގްރީ )
  • މީގެ އިތުރަށްވެސް މަސައްކަތުގައި ބޭނުން ކުރަންޖެހޭ އެހެނިހެން ތަކެތި.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން އަންދާސީހިސާބާބެހޭ މަޢުލޫމާތު ހޯއްދެއްވުމަށް ހާޒިރުވާނަމަ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީ އަދި އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ފޮނުއްވުން އެދެމެވެ.

01 ރަބީޢުލްއާޚިރު 1436

22 ޖަނަވަރީ 2015