މަސައްކަތް
ނަންބަރު: (IUL)RS/1/2023/89
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 24 މޭ 2023 10:29
ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ރެހެންދި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ސްކޫލު ކައިރީގައި މަޑުކޮށްލާނެ ހިޔާގަނޑެއްހެދުން

ރެހެންދި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ސްކޫލު ކައިރީގައި މަޑުކޮށްލާނެ ހިޔާގަނޑެއްހެދުން

 

                 މިސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ސްކޫލުކައިރީގައި މަޑުކޮށްގެން ތިބޭނެ ހިޔާގަނޑެއްހެދުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ނަންބަރު (IUL)RS/1/2023/76 (24 އޭޕްރިލް 2023) އިޢުލާނާ ގުޅިގެން  ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީވެ،އެބިޑްތައް ބާތިލްކޮށް އަލުން ބިޑްހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

  1. މިމަސައްކަތާގުޅޭ ޕްރީބިޑު މީޓީންގ އޮންނާނީ 2023 މެއި 24 ވާ ބުދަ ދުވަހުގެ 10:30 ގައި ރެހެންދި ސްކޫލުގެ ފައިސާއާބެހޭ ބައިގައެވެ. ޕްރީބިޑުމީޓިންގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭއެވެ.
  2. މިމަސައްކަތާއިބެހޭ އެއްވެސް ސުވާލެއްވާނަ 25 މެއި 2023 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  3. ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 2023 މެއި 28 ވާ އާދިއްތަ ދުވަހުގެ 10:30 ގައި  ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
  4. އިއުލާނާއި އެކު މިމަސައްކަތުގެ ބީލަންފޮތް އަދި ކުރެހުންތައް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރެހެންދި ސްކޫލް ފައިސާއާބެހޭބައި

ފޯން:  3359902، 3359900

އީ-މެއިލް: [email protected]

 

21 މެއި 2023

21 މޭ 2023