މަސައްކަތް
ނަންބަރު: ADMHR-MPL/2015/07
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:01
ސުންގަޑި: 04 ފެބުރުވަރީ 2015 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އިންޓަރނަލް އޯޑިޓެއް ހަދައިދޭނެ ފަރާތެއް ހޯދުން

މިކުންފުނީގެ އިންޓަރނަލް އޯޑިޓެއް ހަދައިދޭނެ ފަރާތެއް މިކުންފުންޏަށް ބޭނުންވެއެވެ. ވީމާ، ކަމާބެހޭ ޓާރމްސް އޮފް ރިފަރެންސް، 27 ޖަނަވަރީ 2015 ވަނަ ދުވަހުން ފެށިގެން 04 ފެބުރުވަރީ 2015 ގެ ނިޔަލަށް ރަސްމީގަޑީގައި ޕޯސްޓް ބިލްޑިންގގެ ގުރައުންޑް ފްލޯރގެ އިންފޮރމޭޝަން ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. ކަމުގެ ތަޖުރިބާ ހުރި ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތަކުންވެސް ކުރިމަތިލެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް :

  • އިންޓަރނަލް އޯޑިޓްކުރުމުގެ ތަޖުރިބާ ހުރި ފަރާތެއްކަން ސާބިތުކޮށްދޭ ލިޔުންތައް
  • ކުންފުންޏެއް ނަމަ: ކޮމްޕެނީ ޕްރޮފައިލް، ކުންފުނި ރަޖިސްޓްރޭޝަނުގެ ކޮޕީ
  • އަމިއްލަ ފަރާތެއްނަމަ، ޕާރސަނަލް ޕްރޮފައިލް އަދި އައިޑީ ކާޑުގެ ކޮޕީ

ސުންގަޑި :

މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 16 ފެބުރުވަރީ 2015 ވާ (ހޯމަ) ދުވަހުގެ 13:30 އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ޕޮއިންޓް ދޭނެ އުސޫލު:

ކޮލިފިކޭޝަން އާއި ކަމާބެހޭ ތަޖްރިބާ: %50

އަގު: %25

މަސައްކަތުގެ މުއްދަތު: %25

އިތުރު މަޢުލޫމާތު :

ޕްރޮޕޯޒަލް އެޑްރެސް ކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

26 ޖަނަވަރީ 2015