މުބާރާތް
ނަންބަރު: (IUL)419-ESMSMS/419/2023/40
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2023
ޕަބްލިޝްކުރި ގަޑި: 21:53
ސުންގަޑި: 01 ޖޫން 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލް ޝާލީ މެރިން މޯލްޑިވްސް ގައްދޫ ފުޓްސަލް ޗެލެންޖް 2023

އަލް ޝާލީ މެރިން މޯލްޑިވްސް ގައްދޫ ފުޓްސަލް ޗެލެންޖް 2023

ނިމިދިޔަ 2022 ވަނަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ގައްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް "އަލް ޝާލީ މެރިން މޯލްޑިވްސް ގައްދޫ ފުޓްސަލް ޗެލެންޖް 2023" ގެ ނަމުގައި 28 ޖޫން 2023 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މިއީ ހުވަދުއަތޮޅުގެ ރައްޔިތުންނާއި ގައްދޫ ރައްޔިތުންނާއި ދެމެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، ފުޓްސަލް ދިރުވައި ޢާލާކޮށް ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމަށާއި ސިއްޚީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަޤުސަދުގައި ބާއްވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތަކީ ކުރީ އަހަރުގެ މުބާރާތާއި ތަފާތު މުބާރާތަކަށް ވާނެއެވެ.

އެގޮތުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިރިހެން، އަންހެން އަދި ޖޫނިއަރ ޑިވިޝަން ހިމެނޭ ގޮތަށެވެ. ފިރިހެން ޑިވިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރައަކަށް ހުޅުވާލެވިގެންނެވެ. އަންހެން ޑިވިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 13 އަހަރުން މަތީގެ ހުރިހާ އުމުރުފުރައަކަށް ހުޅުވާލެވިގެންނެވެ. އަދި ޖޫނިއަރ ޑިވިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 13 އަހަރާއި 17 އަހަރާއި ދެމެދުގެ އުމުރުފުރާއަށް ހުޅުވާލެވިގެންނެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން 2023 ޖޫން 01 ވަނަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން ހުށަހަޅަންޖެހޭ ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިޢުލާނާއެކު ޢާއްމުކުރި ވާހަކަވެސް ދެންނެވީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވިދާނެ ކަމުގައިވެސް ދެންނެވީމެވެ. މިމުބާރާތް އަދި މުބާރާތުގެ ޤަވާއިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 7601051 އަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

18  މޭ  2023                                                                  

18 މޭ 2023