ޢާންމު މަޢުލޫމާތު
ނަންބަރު: GS196/IUL/2023/003
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2023
ޕަބްލިޝްކުރި ގަޑި: 20:06
ސުންގަޑި: 25 މޭ 2023 14:00
ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
2023-2024 ވަނަ އަހަރު ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

2023-2024 ވަނަ އަހަރު ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

2023-2024 ވަނަ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ސްކޫލް މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލަނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.

ގުރޭޑް

2024-2023 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

އެލް. ކޭ. ޖީ

 2023 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

ޔޫ. ކޭ. ޖީ

އެލް. ކޭ. ޖީ ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން

ގުރޭޑު 1

 ފައުންޑޭޝަން ސްޓޭޖް (އެލް.ކޭ.ޖީ ، ޔޫ.ކޭ.ޖީ) ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން

 ވީމާ، މަތީގައި ދެންނެވިފައިވާ އުމުރުފުރާތަކަށް ފެތޭ ކުދިންގެ ތެރެއިން 2023-2024 ވަނަ އަހަރު މިސްކޫލުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 ށް ވައްދަން ބޭނުންވާ ދަރިވަރުންގެ އެޑްމިޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު، 2023 މެއި 25 ވަނަ ދުވަހުގެ 14:00 ގެކުރިން މިސްކޫލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓު: 21 މެއި 2023 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރު 14:00 އާ ދެމެދު ސްކޫލްގެ އިދާރާއިން ފޯމް ލިބެން ހުންނާނެއެވެ.

18 މޭ 2023