ދިވެހިރާއްޖެ
1 މިމަރުކަޒުގެ ނަންބަރު: (IUL)GS08/2023/21 އިޢްލާނުން އޭ ބްލޮކް ކްލާސްރޫމްތަކުގެ ދޮރާއި ދޮރުފަތްތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުމަށް ހުށައަޅާފައިވާ ބިޑް އެކަށީގެންވާވަރަށް ވުރެ ބޮޑުކަމަށް ފެންނާތީ، މި އިޢްލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް މިމަރުކަޒުގެ އޭބްލޮކް ކްލާސްރޫމްތަކުގެ ދޮރާއި ދޮރުފަތްތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2 މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރުމަށްފަހު 2023 މޭ 18 އިން 2023 މޭ 28 ވަނަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްކުރުމުން ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 މޭ 28 ވަނަ ދުވަހުގެ 10:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
4 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 މޭ 30 ވަނަ ދުވަހުގެ 10:30 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.
5 މިމަސައްކަތަށް ހުށަހަޅާ އަގު 500،000.00 (ފަސް ލައްކަ) ދިވެހި ރުފިޔާ އަށް ވުރެ ބޮޑުނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށައަޅާ އަގުގެ %1 ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
6 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ
7 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ޝާރިޢުލްއަމީނު މަގު، ދިއްދޫ، ދިވެހިރާއްޖެ.
ފޯން: 6500014
އީ-މެއިލް: [email protected],mv