ބީލަން
ނަންބަރު: (IUL)278/278/2023/19
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި:
30 މޭ 2023 11:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ. ނަރުދޫ އިޖްތިމާޢީ ސަރަހައްދުތަކުގައި ޑަސްބިން ބަހައްޓާ ކޮންކްރީޓް ބުޑުތަކެއް ހަދައިދޭނެ ފަރާތެއް ހޯދުން
އިޢުލާން
ށ. ނަރުދޫ އިޖްތިމާޢީ ސަރަހައްދުތަކުގައި ޑަސްބިން ބަހައްޓާ ކޮންކްރީޓް ބުޑުތަކެއް ހަދައިދޭނެ ފަރާތެއް ހޯދުން
- މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށުގެ އިޖްތިމާޢީ ސަރަހައްދުތަކުގައި ޑަސްބިން ބަހައްޓާ 22 ކޮންކްރީޓް ބުޑު ހެދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މިޕްރޮޖެކްޓާއިބެހޭ އިތުރު މަޢުލޫމާތު ބީލަންކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މި ޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން 2023 މޭ 24 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މިއިދާރާއަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން ބޭއްވޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 2023 މޭ 25 ވަނަ ދުވަހުގެ 11:00ގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 މެއި 30 ވަނަ ދުވަހުގެ 11:00ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަން ކަރުދާސް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ނަރުދޫ، ދިވެހިރާއްޖެ
ފޯން: 6540049
އީމެއިލް: [email protected]
28 ޝައްވާލު 1444
18 މޭ 2023
18 މޭ 2023