ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2023/149
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 22 މޭ 2023 00:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
2023 މެއި 20 އިން 21 އަށް އެމް.އެން.ޑީ.އެފް އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކާއި ގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 މެއި 20 އިން 21 އަށް މިއިން ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް ޅ.މާފިލާފުށީގެ އިރުދެކުނުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ޅ.މާފިލާފުށީގެ އިރު ދެކުނަށް 4600 މީޓަރ ދުރުމިނަށް ކަމުގައި ދަންނަވަމެވެ. އަދި، ވަޒަން ދަތުރުކުރާނެ އެންމެ އުސްމިނަކީ 300 މީޓަރެވެ.

 

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

18 މޭ 2023