ދިވެހިރާއްޖެ
އިޢުލާން
ހައްދުންމަތީ ގަމު ކައުންސިލަށް ބޭނުން ވާ ބައެއް ތަކެތި ސަޕްލައިކޮށްދިނުމަށް
ހައްދުންމަތީ ގަމު ކައުންސިލަށް ބޭނުންވާ ބައެއް ތެކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރުދުންގެވިޔަފާރި ނުވަތަ ކުންފުނިތަކުން 28 މެއި 2023 ގެ 12:00 ކުރިން އިދާރާއަށް ހާޒިރުވެ ނުވަތަ [email protected] މެއިލް އަށް މެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. އަދި ތިރީގައި މި ދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަމް ހުށަހެޅުއްވުން އެދެމެވެ.
# |
|
ތަން |
ތާރީޙް |
ގަޑި |
1 |
ބީލަމުގައި ރަޖިސްޓުރީވުމަށް |
ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭފޯމް [email protected] އަށް މެއިލް ކުރައްވައިގެން |
18 މެއި 2023 އިން 28 މެއި 2023 |
12:00 އަށް |
2 |
ބީލަމުގެ މަޢުލޫމާތު ދިނުން |
ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް |
29 މެއި 2023 (ހޯމަ) |
11:00 |
3 |
ބީލަން ހުށަހެޅުން |
ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް |
05 ޖޫން 2023 (ހޯމަ) |
13.00 |
އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތް ތަކުން ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މި އިއުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ. މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800766 އެވެ. ވީމާ، މި ކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
18 މެއި 2023
ޢަބުދުﷲ އާސިފް
ގަމު ކައުންސިލްގެ ނައިބު ރައީސް