ނޫސްބަޔާން
ނަންބަރު: (PR)203-LAW/1/2023/12
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2023
ޕަބްލިޝްކުރި ގަޑި: 12:44
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނަކައި އަލިމަތާ ރިސޯޓުން މޫދަށް ކުނި އެޅުމާގުޅިން މި އެޖެންސީން ކަނޑައަޅާފައިވާ ޖޫރިމަނާ އަދަދު އިޞްލާޙުކުރުމާ ގުޅޭ

ނަކައި އަލިމަތާ ރިސޯޓުން މޫދަށް ކުނި އެޅުމާގުޅިން 3 ޖުލައި 2022 ގައި މި އެޖެންސީން ކަނޑައަޅާފައިވާ ޖޫރިމަނާ އަދަދު އިޞްލާޙުކުރުމާ ގުޅޭ

ނަކައި ރިސޯޓު ގްރޫޕްގެ އަލިމަތާ ރިސޯޓުން ކަނޑަށް ކުނި އެޅުމާ ގުޅިގެން މި އެޖެންސީން އެ މައްސަލަ ބެލުމަށްފަހު 3 ޖުލައި 2022 ގައި ނަކައި ރިސޯޓު ގްރޫޕްގެ އަލިމަތާ ރިސޯޓް ޖޫރިމަނާ ކުރެވިފައި ވީހިނދު، ނަކައި ރިސޯޓު ގްރޫޕްގެ އަލިމަތާ ރިސޯޓް ގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމާ ގުޅިގެން، މައްސަލަ ބެލުމަށްފަހު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން މި އެޖެންސީން ކަނޑައަޅާފައިވާ ޖޫރިމަނާ އިޞްލާޙް ކުރުމަށް އަންގާފައި ވުމާއެކު، ނަކައި ރިސޯޓު ގްރޫޕްގެ އަލިމަތާ ރިސޯޓުން 2-3 މަސްދުވަހުގެ މުއްދަތަކަށް ގަވާއިދާ ޚިލާފަށް ކަނޑަށް ކުނިއަޅާފައިވާކަން ކަށަވަރުވާނެފަދަ ލިޔެކިޔުމެއް ނެތުމާއި އަދި މިއީ ނަކައި ރިސޯޓު ގްރޫޕްގެ އަލިމަތާ ރިސޯޓުން ގަވާއިދު ނަންބަރު: 2013/R-58 (ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު) އާ ޚިލާފުވެގެން ފިޔަވަޅު/ޖޫރިމަނާ ކަނޑައެޅޭ ފުރަތަމަ ފަހަރުކަމަށްވުމާއެކު،

ނަކައި ރިސޯޓު ގްރޫޕްގެ އަލިމަތާ ރިސޯޓުން ކަނޑަށް ކުނި އެޅުމާއި ގުޅިގެން މި އެޖެންސީގެ ނަންބަރު: 203-WST/PRIV/2022/301 ސިޓީއިން ކުރެވިފައިވާ ޖޫރިމަނާގެ އަދަދު ކަމުގައިވާ 312,750.00ރ (ތިންލައްކަ ބާރަހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) އިޞްލާޙް ކުރެވިފައިވާކަމާއި، ނަކައި ރިސޯޓު ގްރޫޕްގެ އަލިމަތާ ރިސޯޓުން ކަނޑަށް ކުނި އެޅުމާއި ގުޅިގެން ޤާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ) ގެ ދަށުން ހަދާފައިވާ ގަވާއިދު ނަންބަރު: 2013/R-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގެ ޖަދުވަލު (ލ) ގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅިފައިވާ އަދަދަކީ 45,000.00ރ (ސާޅީސް ފަސްހާސް ރުފިޔާ) ކަމާއި، މި ޖޫރިމަނާ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށާއި، މިހާރު ރިސޯޓުގައި އުފެދޭ ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލަޔަށް ނެތިފަނާވެދާ (Biodegradable) ކުންޏާމެދު ޢަމަލުކުރާ ގޮތަކީ ކޮބައިކަމާއެކު ކުނި މެނޭޖް ކުރުމުގެ ޕްލޭން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ހުށަހެޅުމަށް އެ ފަރާތަށް 16 މެއި 2023 ގައި ވަނީ އެންގިފައެވެ.

18 މޭ 2023