ބީލަން
ނަންބަރު: (IUL)333/333/2023/47
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2023
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 28 މޭ 2023 11:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ އަތޮޅު ތުލުސްދޫ ކައުންސިލަށް ބޭނުންވާ ރީޔޫސަބަލް ޓޯޓް ބޭގް ހަދައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

މާލެ އަތޮޅު ތުލުސްދޫ ކައުންސިލަށް ބޭނުންވާ ރީޔޫސަބަލް ޓޯޓް ބޭގް ހަދައިދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ދޭ ނަމޫނާއާއި އެއްގޮތަށް ރީޔޫސަބަލް ޓޯޓް ބޭގް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 މެއި 23 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ އީމެއިލް ([email protected])  އަށް އީމެއިލް ކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2023 މެއި 23 ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2023 މެއި 28 ވަނަ ދުވަހުގެ 11:00 އަށް ބިޑު ހުށައެޅުއްވުމަށް އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 މޭ 2023