މަސައްކަތް
ނަންބަރު: (IUL)241-A/INDIV/2015/1
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 17:09
ސުންގަޑި:
27 ޖަނަވަރީ 2015 11:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެކެފަރު ދޯނި މަރާމާތު ކުރުން
މިއިދާރާގެ އެކެފަރު ދޯނި މަރާމާތު ކުރުން
މިއިދާރާގެ އެކެފަރު ދޯނީގައި ކުރަންހުރި ތިރީގައި މި ބަޔާންކުރާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ޖަނަވަރީ 2015 ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މަސައްކަތް ކޮށްދެވޭ އަގު ބަޔާންކޮށް އަންދާސީހިސާބު 29 ޖަނަވަރީ 2015 ދުވަހުގެ 11:00 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
ކުރަންހުރި މައިގަނޑު މަސައްކަތް
- ދޯނީގެ ސަތަރި ހަރުކުރާ ލަކުޑި ފުރޭމް މަރާމާތްކޮށް، ސަތަރި ހަދައި ސަތަރި އެޅުން.
- ދޯނީގެ ވަށައިޖަހާފައިވާ ލަކުޑި ޗެންޗޭނުގައި ފީވެ ހަލާކުވެފައިވާ ތޭރިތައް ނަގައި މަރާމާތުކުރުން .
- ދޯނީގެ އެކޮޑަމޭޝަން ބައިގައާއި، އަދި އެހެނިހެން ތަންތަނުގެ ދޮރާއި ދޮރުފަތް މަރާމާތުކުރުން.
- ދޯނީގެ ދަވާދުލުން.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
01 ރަބީޢުލްއާޚިރު 1436
21 ޖަނަވަރީ 2015