ދިވެހިރާއްޖެ
މިއިދާރާއަށް 1.5 ޓަނުގެ ޕިކަޕެއް ހޯދުމަށް ކޮށްފައިވާ ނަމްބަރ:(IUL)C-352/2023/9(02/05/2023) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، ޕިކަޕެއް ހޯދުމަށް އަލުން 02 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝަވްޤުވެރިވެލައްވާ ފަރާތްތަކުން 2023 މެއި 22 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ.
ބިޑް ހުށަހެޅުން އޮންނާނީ، 2023 މެއި 28 ވާ އާދިއްތަ ދުވަހުގެ 13:30 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނި ނުވަތަ ވިޔަފާރިތަކަށެވެ.
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް، މިއިދާރާގެ ނަމްބަރ 6680888 ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.