ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)203-ADMIN/1/2015/2
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 15:31
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މާލޭގެ ބާޒާރުމަތީގެ ފިހާރަތަކުން މަގުތަކަށް ކުނިބުނިއެޅުން ހުއްޓުވުން

މާލޭގެ ބާޒާރުމަތީގެ ފިހާރަތަކުން މަގުމައްޗަށް ކުނިބުނިއަޅަމުން ގެންދާކަމަށް މި އެޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ. މިކަމަކީ ނިހާޔަތަށް ތޮއްޖެހިފައިވާ މާލޭގެ މަގުތައް ކުނިބުނީގެ ސަބަބުން ނުސާފުވެ ޞިއްޙީގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްކަމުގައިވާތީ، މަގުމައްޗަށް ކުނިބުނި އެޅުން ހުއްޓާލުމަށް މިފަދަ ފަރާތްތަކަށް އަންގަމެވެ.

މާލޭގެ މަގުތަކަކީ ކުނިމެނޭޖްކުރުމުގެ ގަވާއިދު 2013/R-58ގެ 11 ވަނަ މާއްދާގެ (ށ) ގައި ކުނިއެޅުން މަނާކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނަކަށްވާތީ، މިފަދަ ތަންތަނަށް އެއްވެސް ބާވަތެއްގެ ކުނިއެޅުމަކީ ޤާނޫނީގޮތުން ކުށެކެވެ. އެހެންކަމުން، މިގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ގަވާއިދުގައިވާގޮތުން ކުނިއެޅި ކޮންމެ ފަހަރަކަށް -/5 (ފަހެއް) ރުފިޔާއާއި -/500 (ފައްސަތޭކަ) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

ވީމާ, މިކަން ޢާންމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

 26ރަބީޢުލްއައްވަލް 1436

18 ޖަނަވަރީ 2015