ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2023/225
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2023
ޕަބްލިޝްކުރި ގަޑި: 15:22
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2023

(IUL)38-AC/38/2023/225 :ނަންބަރު

އިޢުލާން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2023

މި ކޮމިޝަނުގެ ނަންބަރު :(IUL)38-AC/38/2023/198  އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

2023 ޖޫން 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ގއ.ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ.

ފުރިހަމަ ނަން

ދާއިމީ އެޑްރެސް

ކުރިމަތިލާފައިވާ ޙައިޘިއްޔަތު

ޙައްވާ އަޙްމަދުދީދީ

ކަރަންފޫމާގެ، ގއ.ދެއްވަދޫ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް

ވީމާ، ގަވާއިދު ނަންބަރު 2020/R-7 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޙައްވާ އަޙްމަދުދީދީ، ގއ. ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

17 މޭ 2023