ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ESMSMS/248/2023/40
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2023
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 25 މޭ 2023 14:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ބަނދަރުގެ ދެކުނު ހުޅަނގު ސަރަހައްދުގައި އެއްކުރެވިފައިވާ ވެލި ދޫކުރުން.

މި އިޢުލާންވަނީ 17 މޭ 2023 16:07 ގައި ބާތިލް ކުރެވިފައެވެ.


 

އިޢުލާން

 

މިރަށު ބަނދަރުގެ ދެކުނު ހުޅަނގު ސަރަހައްދުގައި އެއްކުރެވިފައިވާ ވެލި ދޫކުރުން.

 

މިރަށު ބަނދަރުގެ ދެކުނު ހުޅަނގު ސަރަހައްދުގައި އެއްކުރެވިފައިވާ ވެލި، ރައްޔިތުންނަށް ދޫކުރުކުރުމަށް ކައުންސިލުން ނިންމާފައިވާތީ، ވެލި ބޭނުންފުޅުވެލައްވާ ފަރާތަކުން، 2023 މޭ 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓު ކުރެއްވުމަށް ދަންނަވަމެވެވެ.

ގޯތިތަކަށާއި ގޭތަކަށް ވެލި ދޫކުރުމަށް ނިންމާފައިވާ ގޮތް ތިރީގައި އެވަނީއެވެ.

 

1-  އަލަށް ދޫކޮށްފައިވާ 200 ގޯތިން ކޮންމެ ގޯއްޗަކަށް 1000 ގޯނި ވެލި

2-  2021 މޭ 14 ވަނަ ދުވަހު އެރި އުދައިގައި އަސަރުފޯރި އަލިދޯދި ހިނގުމުން ހުޅަނގަށް ހުރި ގޭތަކާއި ގޯތި ތަކަށް 700 ގޯނި ވެލި

3-  އެހެން ގޯތިތަކަށް 250 ގޯނި ވެލި

 

ވެލިދޫކުރުމަށް ހަމަޖެހިފައިވާނީ ނަންނޯޓުކުރާ ތަރުތީބުން ވެލި ހުސްވަންދެންނެވެ. ނަން ނޯޓު ކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 14:00 އަށް، 65000508 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. އަދި ތިރީގައިވާ ލިންކުން ގޫގަލް ފޯމު މެދުވެރިކޮށް ވެސް ނަން ނޯޓު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ގޫގަލް ފޯމު ލިންކު: https://rb.gy/04hoy

 

މިހެންވެ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

‏27‏ ޝައްވާލް‏ 1444

17 މޭ 2023