ޢާންމު މަޢުލޫމާތު
ނަންބަރު: (A) EA-2015/2
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 15:25
ސުންގަޑި: 29 ޖަނަވަރީ 2015 15:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

2015 މާރިޗު 7 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

2015 މާރިޗު 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ށ. މިލަންދޫ ކައުސިލާއި ނ. މިލަދޫ ކައުންސިލް އަދި ވ. ތިނަދޫ ކައުންސިލްގެ ބައި-އިލެކްޝަނަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު، 2015 ޖަނަވަރީ 20 ވީ އަންގާރަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފީމެވެ. މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގެ ވެބްސައިޓް (http://www.gazette.gov.mv) ގައްޔާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައްޔާއި ށ. މިލަންދޫ ކައުންސިލްގެ އިދާރާގައްޔާއި ނ. މިލަދޫ ކައުންސިލްގެ އިދާރާއާއި އަދި ވ. ތިނަދޫ ކައުންސިލްގެ އިދާރާގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ.

ގެޒެޓް ކޮށްފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ، 2015 ޖަނަވަރީ 20 އިން 2015 ޖަނަވަރީ 29 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހުގެ 3:00 އަށެވެ. ޝަކުވާ ހުށަހަޅާނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާބެހޭ ޝަކުވާ ހުށަހަޅާ ފޯމުންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގުގެ 5 ވަނަ ފަންގިފިލާ) އިންނާއި ނ. މިލަދޫ ކައުންސިލްގެ އިދާރާއިންނާއި ވ. ތިނަދޫ ކައުންސިލްގެ އިދާރާއިންނާއި ށ. މިލަންދޫ ކައުންސިލްގެ އިދާރާއިންނެވެ. އަދި މި ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

29 ރަބީޢުލްއައްވަލް 1436

20 ޖަނަވަރީ 2015