ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2023/031
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 21 މޭ 2023 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ކުރޫ، ސްޕީޑް ބޯޓް

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

-          ގްރޭޑް 8 ފުރިހަމަކޮށްފައިވުން

-          ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

-          މަސައްކަތުގެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން 

-          ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

މަހު މުސާރަ:

14،000ރ އާއި 15،000ރ ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ތިލަފުށި ބޯޓްޔާރޑް

 ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 21 މެއި 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ހެޑް އޮފީސްއިންކަން ދަންނަވަމެވެ.

 އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.

17 މޭ 2023