ދިވެހިރާއްޖެ
މި ސެންޓަރުން ދޭ މަޢުލޫމާތާ އެއްގޮތަށް އޮލިމްޕަސް ތިއޭޓަރ އަދި ނޭޝަނަލް އާޓް ގެލެރީ ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި، އެތަންތަނުގައި އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)177 /1/2023/35 (13.04.2023) އިޢުލާނާ ގުޅިގެން ބިޑް ހުށަހެޅުއްވި ފަރާތުން ހުށަހަޅުއްވާފައިވާ އަގު ބޮޑުކަމަށް ފެންނާތީ އެއިއުލާން ބާޠިލް ކޮށް އަލުން މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދި ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.
ތަފްސީލް |
ތާރީޚް (ދުވަސް) |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
22 މެއި 2023 (ހޯމަ) |
11:30 |
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން) |
އެސްޓިމޭޓް ހުށަހެޅުން |
28 މެއި 2023 (އާދީއްތަ) |
11:30 |
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން) |