ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީގައި މިމިނިސްޓްރީއިން ހިންގަމުންދާ މެރިކަލްޗަރ އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ "ބޭސްލައިން ސްޓަޑީ" ހައްދަވައިދެއްވާނެ ފަރާތެއް ހޯދަން ކުރެވުނު މިމިނިސްޓްރީގެ ނަންބަރު: (IUL)30-G/1/2014/113 (23 އޮކްޓޫބަރު 2014) ގައި ސަރވޭ ކުރުމަށް ކަނޑައެޅިފައިވާ ރަށްތައް ބަދަލުވުމުގެ ސަބަބުން ވަނީ މިއިޢުލާން ބާޠިލު ކުރެވިފައިއެވެ.
ވީމާ، ރަށްތަކަށް ގެނެވުނު ބަދަލާއެކު އަލުން މި މަސައްކަތް ކޮށްދެއްވުމަށް އިޢުލާންކުރަމެވެ. އަދި މިމަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށްޓަކައި "ޓާރމްސް އޮފް ރިފަރެންސް" މިމިނިސްޓްރީގެ ނަންބަރު 3341836 ފޯނާ ގުޅުއްވައިގެން، ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ހޯއްދެއްވުމަށް އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ މެރިން ރިސަރޗް ސެންޓަރ (ހ.ވައިޓް ވޭވްސް)ގައި ހުންނަ މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށެވެ. ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 29 ޖަނަވަރީ 2015ގެ 12:00އަށެވެ.
01 ރަބިޢުލްއާޚިރު 1436