ދިވެހިރާއްޖެ
ގިނަ ފަރާތްތަކަކުން ކޯސްތަކުގެ ޖާގަ އިތުރުކުރުމަށް އެދިލައްވާފައިވާތީ ތިރީގައި މިވާ ކޯސްތަކުގެ ޖާގަ އިތުރުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނާނީ ކޯސްތަކުން ދެވިފައިވާ ޖާގަ ފުރެންދެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
1- ކޯހުގެ ނަން: ސެޓުފިކެޓު 3 އިން ޕެޓިސަރީ |
|
މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ) |
ޖާގަ: 15 |
ކޯސް ހިންގާ ކެމްޕަސް: ކ.މާލެ |
ކޯސް ހިންގާ ގޮތް: ހަވީރު ދަންފަޅި |
ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު: ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ ށ. އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
2- ކޯހުގެ ނަން:ސެޓުފިކެޓު 3 އިން ކަލިނަރީ އާރޓްސް |
|
މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ) |
ޖާގަ: 15 |
ކޯސް ހިންގާ ކެމްޕަސް: ކ.މާލެ |
ކޯސް ހިންގާ ގޮތް: ހަވީރު ދަންފަޅި |
ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު: ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ ށ. އެމް.އެން.ކިޔު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
28 ރަބީޢުލްއައްވަލް 1436