ނީލަން
ނަންބަރު: 357-A/2015/02
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 29 ޖަނަވަރީ 2015 15:00
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
07 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުން

ވ.ފުލިދޫ ރައްޔިތުންގެ އިންޖީނުގޭގައި ހުރި ތިރީގައި ދެންނެވިފައިވާ 07 ޖަނަރޭޓަރ ސިޓީލާނީލަމުގައި ވިއްކާލުމަށް މިއިދާރާއިން ޢާންމުކުރި މިއިދާރާގެ ނަންބަރު: A/2014/25-ފ357 (14 ޑިސެމްބަރ 2014) އިޢުލާނާ ގުޅިގެން އަގު ހުށަހަޅާފައިވާނީ އެއްފަރާތުން ކަމަށްވާތީ އެއިޢުލާނު ބާޠިލުކޮށް، ނީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ އެންމެހާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވެ އަލުން އަގު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ނީލަން ފެށޭ ތާރީޚަކީ 22 ޖަނަވަރީ 2015 ވާ ބުރާސްފަތިދުވަހުގެ 9:00 އެވެ. ނީލަން ނިމޭ ތާރީޚަކީ 29 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުއެވެ. މި މުއްދަތުގެތެރޭގައި ޖެހިޖެހިގެން ރަސްމީ 03 (ތިނެއް) ދުވަހު އެކަށީގެން އެއްއަގެއް އޮވެއްޖެނަމަ، އެ އަގު ހުށައެޅިފަރާތަކަށް އެ ޖަނަރޭޓަރެއްގެ ނީލަން ނިންމާލެވޭނެއެވެ. އަދި ނީލަން ނިމޭފަހުން 10 ދުވަހުގެތެރޭގައި ފައިސާ ދެއްކުމަށްފަހު އިންޖީނުއެއިން ޖަނަރޭޓަރ ގެންދަންވާނެއެވެ.

ކޮންމެދުވަހަކުވެސް ހުށަހެޅިފައިވާ އެންމެ މަތީއަގު މި އިދާރާގެ ނޯޓިސްބޯޑުން ޢާންމުކޮށް ފެންނަން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6700603 ، 7940999 ، 9911190 ފޯނާއެވެ.  ފެކުސް ނަންބަރަކީ 6700603 އީމެއިލް އެޑްރެސް : [email protected] އެވެ.

ޖަނަރޭޓަރ ތަކުގެ މަޢުލޫމާތު.

#

ޖަނަރޭޓަރުގެ ބާވަތާއި ކިލޯވޮޓް

ޖަނަރޭޓަރގެ ޙާލަތު

ނީލަންފެށޭއަގު

އިތުރުކުރެވޭއަގު

1

ޔަންމާ 28 ކިލޯ (4TN100TEGBI)

ހަލާކުވެފައި

1000.00

500.00

2

ޔަންމާ 55 ކިލޯ (4TN100TE GBI)

ހަލާކުވެފައި

2000.00

500.00

3

ޕާކިންސް 35 ކިލޯ (F 1809)

އޯވަރހޯލްކުރަންޖެހިފައި

5000.00

500.00

4

ކަމިންސް 48 ކިލޯ (SBTA39-G2)

ބޭނުންކުރެވޭހާލަތުގައި

20000.00

500.00

5

ޖޯންޑިއަރ 60 ކިލޯ (JS 60K)

ހަލާކުވެފައި

10000.00

500.00

6

ކަމިންސް 80 ކިލޯ (6BTJ9-G2)

ބޭނުންކުރެވޭހާލަތުގައި

25000.00

500.00

7

ޑޮއިސް 80 ކިލޯ (BF6L913 )

ފިއުލްޕަންޕްހަލާކުވެފައި

25000.00

500.00

ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

27 ރަބީޢުލްއައްވަލް 1436

18 ޖަނަވަރީ 2015