ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-AS/420/2023/28
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2023
ޕަބްލިޝްކުރި ގަޑި: 22:39
ސުންގަޑި: 31 މޭ 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ސެޕްޓެމްބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމުގެ މަސައްކަތާއި ގުޅޭ

އިޢުލާން

 

2023 ސެޕްޓެމްބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ގެންދަނީ ކުރަމުންނެވެ.އެގޮތުން އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ލިސްޓު ޢާންމު ކުރުމުގެ ކުރިން ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓުގެ ޞައްޙަކަން ކަށަވަރު ކުރުމުގެ ގޮތުން މިހާރު ތައްޔާރު ކުރެވިފައިވާ ރަޖިސްޓަރީ 2023 މޭ 02 ވި އަންގާރަ ދުވަހު ކޮމިޝަނުގެ ވެބްސައިޓުގައި https://www.elections.gov.mv/ec/presidential_elections/Presidential_Election_2023.html) (  ވަނީ ޢާންމު ކުރެވިފައެވެ.

މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ 2023 މޭ 02 ވާ އަންގާރަ ދުވަހުން ފެށިގެން 2023 މޭ 31 ވާ ބުދަ ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ.ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ.ޝަކުވާ ހުށަހަޅާނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަށް ފޮނުވައިގެން ނުވަތަ އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ގަޑީ ގައި ، އިލެކްޝަންސް ކޮމިޝަންގެ މައި އިދާރާގެ ކައުންޓަރުންނެވެ.

14 މޭ 2023