ދެންނެވުން
ނަންބަރު: IL/2023/4334
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:31
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

    1444 ވަނަ އަހަރުގެ އަޟުޙާ ޢީދު ދުވަހުގެ މުނާސަބަތުގައި 25 ޖޫން 2023 އިން 29 ޖޫން 2023 އަށް ސަރުކާރު ބަންދު ވުމާއިގުޅިގެން، މި އޮތޯރިޓީއާއި ބޭންކުތަށް ހުޅުވާފައި ހުންނާނީ 26 ޖޫން 2023 ވާ ހޯމަ ދުވަހުއެވެ. އެ ދުވަހުގައި މި އޮތޯރިޓީން ޢާންމުންނަށް ޚިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި މިދަންނަވަނީއެވެ.

 

  • ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 08:30 އިން މެންދުރު 14:00 އަށް.
  • ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 08:30 އިން މެންދުރު 14:00 އަށް.

    ބޭންކިންގ ޚިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުންނެވެ.

    ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 މޭ 2023