ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2023/82
އިޢުލާން
ރައްޔިތު ބައްދަލުވުން.
1444 ވަނަ އަހަރުގެ އަޟުޙާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ހިންގާނެ ހަރަކާތްތަކެއް އެކަށައެޅުމުގެ މަސައްކަތް ހަނިމާދޫ ކައުންސިލުން ކުރަމުން ގެންދާތީ ހަނިމާދޫގައި މި ޢީދު ފާހަގަ ކުރުމަށް ހިންގާ ޕްރޮގްރާމުގެ ތެރެއިން ހިންގޭނެ ކުޅިވަރު ހަރަކާތްތައްކުގެ މަޢުލޫމާތު ހަނިމާދޫ ކައުންސިލުން ކަނޑައަޅަންޖެހޭތީ، މިއަހަރުގެ ބޮޑުޢީދުގެ ކުޅިވަރު ޙަރަކާތްތައް ފަތުޖެހުމަށްޓަކައި ބޭއްވޭ ރައްޔިތު ބައްދަލުވުން 2023 މެއި 18 ވާ ބުރާސްފަތި ދުވަހުގެ ރޭ (ހުކުރު ވިލޭރޭ) 08:30 ގައި ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.
ވީމާ، މި ބައްދަލު ވުމަށް އެންމެ ބޭފުޅުންނަށް ދައުވަތު އަރުވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
26 ޝައްވާލު 1444
16 މެއި 2023