ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272/272/2023/35
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2023
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 20 ޖޫން 2023 13:30
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އުކުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލުން

މިހާރު ފެށިފައިވާ ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތުގެ ދަށުން 2023 ޖޫން 01 ން ފެށިގެން ކުނި އުކުމުގެ ޚިދުމަތަށް ފީނެގުމަށް ކައުންސިލުންވަނީ ނިންމާފައެވެ. 2023 ޖުލައިން ފެށިގެން ކުނިނެގުމުގެ ޚިދުމަތް ދެވޭނީ ކުނި ނެގުމަށް ރަޖިސްޓްރީ ކޮއްފައިވާ ގޭބިސީތަކަށެވެ. ކުނިއުކުމަށް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފޯރމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މިފޯރމް ފުރިހަމަކޮށް، ފޯރމް ހުށައެޅުމުގެ ސުންގަޑިއަކީ 2023 ޖޫން މަހުގެ 20 ވަނަ ދުވަހުގެ 13:30 އެވެ. 01 ޖޫން 2023 ން ފެށިގެން ކުނި ނެގުމަށް ކައުންސިލުން އެކުލަވާލާފައިވާ ޤާވާޢިދާއި އުޞޫލާ ޚިލާފުވާ ފަރާތްތަކާމެދު ގަވާއިދު ނަމްބަރު 2013/R-58 "ކުނި މެނޭޖްކުރުމާއި ބެހޭ ގަވާއިދު" ގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެނގުމަށްޓަކައި އިޢުލާންކުރީމެވެ.

16 މޭ 2023