ބީލަން
ނަންބަރު: (IUL)422-B1/422/2023/41
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2023
ޕަބްލިޝްކުރި ގަޑި: 10:39
ސުންގަޑި: 31 މޭ 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖެޓީ ސަރަޙައްދުގައި ތަރައްޤީ ކުރާ މޮނިއުމަންޓް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

ޖެޓީ ސަރަޙައްދުގައި ތަރައްޤީ ކުރާ މޮނިއުމަންޓް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

ގދ. ފިޔޯރީ ޖެޓީ ސަރަޙައްދުގައި ތަރައްޤީ ކުރާ މޮނިއުމަންޓް، މިއިދާރާއިން ދޭ ކުރެހުންތަކާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން  25 މެއި 2023 ވާ ބްރާސްފަތި ދުވަހުގެ 13:00 ކުރިން އިދާރާގެ މެއިލް އެޑްރެހަށް، ([email protected]) އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯރމް ފުރުއްވުމައްފަހު އީމެއިލް ކޮށްދެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ ލިޔެކިއުންތައް، ސޮފްޓްކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެއެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 29 މެއި 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 30 މެއި 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ  31 މެއި 2023 ވާ ބުދަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރު މަޢުލޫމާތު

  • ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
  • ފޯން:  4002625
  • އީމެއިލް: [email protected]

 

26  ޝައްވާލް 1444

16   މެއި   2023

16 މޭ 2023