މަސައްކަތް
ނަންބަރު: (IUL)322-M/322/2023/61
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2023
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި:
23 މޭ 2023 09:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބޯޅަދަނޑު ސަރަޙައްދާއި ޤަބުރުސްތާނު ނޮޅުމަށް ކޯޓޭޝަން ހޯދުން
- މިރަށު ބޯޅަދަނޑު ސަރަޙައްދާއި ޤަބުރުސްތާނުން ނޮޅަން ބޭނުންވެއްޖެއެވެ. އެގޮތުން:
- ޤަބުރުސްތާނު އެތެރޭގައި ހުރި ގަސްތަކުގެ އެތެރެ ހޭޅި ކޮށައި ހޭޅި ޖެހުން އަދި އެތެރެއިން ބިން ފެންނަވަރަށް ޤަބުރުސްތާނު ވިނަ ނޮޅާ ސާފުކުރަންވާނެއެވެ.
- ބޯޅަދަނޑު ސަރަޙައްދުގައި ހުރި ގަސްތަކުގެ ތިރިކޮށައި ނަގަންޖެހޭ ގަސްގަސް ބުޑާއެކު ނެގުން އަދި ބިން ފެންނަވަރަށް ވިނަ ނޮޅާ ސާފުކުރަންވާނެއެވެ.
- މިތަންތަނުގެ އެތެރެ ފަޅީގައި ހުރި (ނަގަންޖެހޭ) ކުދިގަސްތައް ބުޑާއެކު ނަގަންވާނެއެވެ.
- މިތަންތަނުން ނެގޭ އަންދާ ކުނިތައް ކުނި އަންދާ ތަނުގައި އަންދާ ނައްތާލުން އަދި އެހެނިހެން ކުނިބުނިތައް ނަގައި ހަމަޖެހިފައިވާ އުޞޫލުން ނައްތާލަންވާނެއެވެ.
- ކުނި އެންދުމުގައި އެމަސައްކަތް ކުރާ ފަރާތްތަކާއި ވާހަކަ ދައްކައި ވީހާވެސް ބޮޑަށް މަސައްކަތަށް ދަތިނުވާނެ ގޮތަކަށް ކުރިއަށް ގެންދަންވާނެއެވެ. އަދި އެކި ގަޑިތަކުގައި ކުނި އަންދާތަނަށް ކުނިއަޅައި އެންދުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.
- މިމަސައްކަތާގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 21 މެއި 2022 ވާ އާދީއްތަ ދުވަހުގެ 09:00 އަށް މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅާނީ 23 މެއި 2022 ވާ އަންގާރަ ދުވަހުގެ 09:00 އަށް މިއިދާރާއަށެވެ.
މިމަސައްކަތުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
16 މޭ 2023