ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2023/130
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2023
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި: 01 ޖޫން 2023 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ވަގުތީ ޖަރނަލިސްޓް

މަޤާމް :ވަގުތީ ޖަރނަލިސްޓް
ބޭނުންވާ އަދަދު :8

ވަޒީފާގެ ފުރުޞަތު

 

މަޤާމް

ވަގުތީ ޖަރނަލިސްޓް

ބޭނުންވާ ޢަދަދު:

08

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ނިވްސް އެންޑް ކަރަންޓް އެފެއާރޒް

ވަޒީފާގެ ބާވަތް

ވަގުތީ  - (6  މަސް ދުވަސް)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު

އެލަވަންސް

  • ވަޒީފާއަށް ނިކުންނަ ދުވަހަކަށް ތިރީގައިވާގޮތަށް ފައިސާ ދެވޭނެއެވެ.

     - ކެޓަގަރީ "އޭ"

       - ދުވަހަކަށް -/475 ރުފިޔާ

       - މަހަކަށް  -/12,350 ރުފިޔާ

     - ކެޓަގަރީ "ބީ"

       - ދުވަހަކަށް -/300 ރުފިޔާ

       - މަހަކަށް  -/7,800 ރުފިޔާ

     - ކެޓަގަރީ "ސީ"

       - ދުވަހަކަށް -/250 ރުފިޔާ

       - މަހަކަށް  -/6,500 ރުފިޔާ

މަޤާމުގެ ޝަރުތު:

  • ކެޓަގަރީ "އޭ"

 - ނޫސްވެރިކަމުގެ ދާއިރާގައި މަދުވެގެން 5 އަހަރު ހިދުމަތް ކޮށްފައިވުމާއެކު ނޫސްވެރިކަމާ ގުޅޭ         ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން.

  • ކެޓަގަރީ "ބީ"

 - އޯލެވެލް އަދި އެސްއެސްއީ އިމްތިހާނުގެ ދިވެހި މާއްދާ ހިމެނޭގޮތުން މަދުވެގެން 2 މާއްދާއިން        ފާސްވެފައި ވުމާއެކު، ދިވެހި ބަހުގެ ހަމަތަކާއެކު ރަގަޅަށް ލިޔަން އެނގުމާއެކު، މީޑީއާގެ ދާއިރާއަށް    ޝައުގުވެރިކަން ހުރުން.

  • ކެޓަގަރީ "ސީ"

 - ގްރޭޑް 10 އެއް ނިމިފައިވުން، ނުވަތަ އޯލެވެލް ހަދާފައިވުމާއެކު، ދިވެހި ބަހުން ރަނގަޅަށް ލިޔަން     އެނގުމާއެކު، މީޑިއާގެ ދާއިރާއަށް ޝައުގުވެރިކަން ހުރުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ރިޔާސީ އިންތިޚާބު 2023 ގެ މަސައްކަތުގެ ޚަބަރާއި ރިޕޯރޓް ހަދާ ހުށަހެޅުމާއި، އޮންކެމެރާ ސްޓޭންޑަޕްސް ހެދުމާއި، އިވެންޓްތައް ރޭޑިއޯ އަށާއި ޓީވީއަށް ލައިވްކުރުން.
  • ޚަބަރާއި ގުޅޭ މެޓީރިއަލް އެޑިޓްކުރުމާއި، ވީޑިއޯ ކުރުމާއި އަދި އެމަސައްކަތުގައި އެހީތެރިވެދިނުން.
  • ސްކްރިޕްޓްތައް ޓްރާންސްލޭޓްކުރުން (ދިވެހި އިނގިރޭސިއަށް/ އިނގިރޭސި ދިވެއްސަށް).
  • ނިއުސް އިވެންޓްތައް ކަވަރ ކުރަން މާލެއާއި، މާލެއިން ބޭރުގައި ޙަރަކާތްތެރިވުން.  
  • މީގެ އިތުރުންވެސް ދިމާވާ ހާލަތަކާއި އަދި ޚާއްސަ ހާލަތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛

- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 01 ޖޫން 2023 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000364 3000207  އާއި ގުޅުއްވުން އެދެމެވެ.

 

                               26 ޝައްވާލް. 1444

16 މޭ 2023