ކުއްޔަށް ދިނުން
ނަންބަރު: (IUL)399-CA/399/2023/64
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2023
ޕަބްލިޝްކުރި ގަޑި: 08:53
ސުންގަޑި: 21 މޭ 2023 13:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. މާންދޫ އިރުމަތީ ފަރާތު އޮންނަ ރުއްގަނޑު ވަރުވާއަށް ދިނުން

އިޢުލާން

ލ. މާންދޫ އިރުމަތީ ފަރާތު އޮންނަ ރުއްގަނޑު ވަރުވާއަށް ދިނުން

ލ. މާންދޫ އިރުމަތީ ފަރާތުގައި މި ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ރުއްގަނޑު ވަރުވާ އަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި އިދާރާއިން ދޫކުރާ ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭ ފޯމް ނަންގަވައި، އެފޯމު ފުރިހަމަ ކުރެއްވުމަށްފަހު  21 މެއި 2023 (އާދިއްތަ ދުވަހުގެ) 13:00 ކުރިން [email protected] އަށް މެއިލް ކުރެއްވުންއެދެމެވެ. މި ބީލަމުގައި ރަޖިސްޓުރީ ވާ ފަރާތްތަކަށް ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް 22 މެއި 2023 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ.  އަދި ތިރީގައި މި ދަންނަވާ ގޮތަށް މި ބީލަމުގައި ބައިވެރިވުމުގެ ކަންކަމުގައި ޢަމަލުކުރެއްވުން އެދެމެވެ.

       

ކަން

ތަން

ތާރީޙް

ގަޑި

1

ބީލަމުގައި ރަޖިސްޓުރީވުމަށް

ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭފޯމް [email protected]  އަށް މެއިލް ކުރައްވައިގެން

14 މެއި 2023 އިން 21 މެއި 2023 އަށް

13:00 އަށް

2

ބީލަމުގެ މަޢުލޫމާތު ދިނުން

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް

22 މެއި 2023

10:00

3

ބީލަން ހުށަހެޅުން

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް

29 މެއި 2023

12:00

 

އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތަކަށްވެސް ބިޑު ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ވީމާ، މި ކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

14ޝައްވާލު1444

14  މެއި   2023

  

                                                                      އަޙްމަދު ޒަކީ

                                                         ކައުންސިލްގެ ރައީސް

14 މޭ 2023