މަސައްކަތް
ނަންބަރު: (IUL)298/298/2023/32
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2023
ޕަބްލިޝްކުރި ގަޑި: 21:44
ސުންގަޑި: 28 މޭ 2023 11:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލިފުށި ކައުންސިލް ރަށްވެހިގެ 4 ބުރީގެ އިމާރާތުގެ ކޮންސެޕްޓް ޕްލޭން އަދި ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

  އަލިފުށި ކައުންސިލް ރަށްވެހިގެ 4 ބުރީގެ އިމާރާތުގެ ކޮންސެޕްޓް ޕްލޭން އަދި ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

              ރ. އަލިފުށި ކައުންސިލް ރަށްވެހިގެ 4 ބުރީގެ ޢިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށް، ޑީޓެއިލް ޑްރޯވިންގ ތައްޔާރުކޮށްދީ، ބިލްސް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިޔު)، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން:

2023 މޭ 18 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

2023 މޭ 28 ވާ އާދިއްތަ ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

ބިޑް ރަޖިސްޓްރީ ކުރުން

           ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 މޭ 15އިން ފެށިގެން 2023 މޭ 28 ވަނަ ދުވަހުގެ 10:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރުމަށް   https://forms.office.com/r/CG8LP9N6ecމިލިންކްގައިވާ ފޯމް ފުރިހަމަކުރަންވާނެއެވެ.

                    އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

25 ޝައްވާލް 1444

15 މޭ 2023

  

15 މޭ 2023