ދިވެހިރާއްޖެ
ގާއެޅުމުގެ މަސައްކަތްކުރުމަށް 1 އަހަރު ދުވަހުގެ މުއްދަތަށް ވަގުތީ ގޮތުން ދޫކުރާ ބިމުގައި އެ މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވެ ލައްވަވާ ފަރާތްތަކުން " ބީލަމުގެ އުޞޫލުން މ. މަޑުއްވަރިން ވަގުތީ ބިންކުއްޔަށް ހިފުމަށްއެދޭފޯމް " ފުރިހަމަ ކުރައްވަވާ ހުށަހެޅުއްވުން އެދެމެވެ.
މިފޯމް ބަންދުނޫން ދުވަސްތަކުގައި 9:00 އިން 14:00އަށް މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއިން ލިބޭނެއެވެ. ފޯމްގައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރައްވަވާ މ. މަޑުއްވަރީ ކައުންސިލް އިދާރާއަށް ފޯމް ހުށަހަޅުއްވާނީ 2023 މެއި 25 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ ދަސްވަނިމާލަމަށް ދުރުވެ ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ހުށަހަޅަން ވާނީ ސިޓީ އުރައަކަށްފޯމްލައި ސީޓީއުރަ ބަންދު ކޮށްގެންނެވެ. ސިޓީ އުރަ ކަނޑާނީ 13:35 ގައި ފޯމް ހުށަހަޅަން އައި ހުރިހާ މީހުންގެ ޙާޟިރުގައެވެ. ފޯމް ހުށަހަޅަން ބުނެފައިވާ ގަޑީގެފަހުން ހުށަހަޅާ ފޯމްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
ގާއެޅުމުގެ މަސައްކަތްކުރުމަށް ވަގުތީގޮތުން ދޫކުރާބިމުގެ މަޢުލޫމަތު:
v މި ބިން އޮތްތަން : މ.މަޑުއްވަރީ ފެންޕްލާންޓް އިމާރާތުގެ ދެކުނުން ، މ.މަޑުއްވަރީ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުގެ ބިމުގެ އިރުން ، ނެޓްބޯޅަ ކޯޓުގެ އިރުން ދޫކޮށްފައިވާ 3 ބިމުގެ އުތުރަށް
v ބިމުގެ ބޮޑުމިން : 1140 އަކަފޫޓް ( ދިގު 60 ފޫޓް ، ފުޅާ 19 ފޫޓް )
v ބިމުގައި ކުރެވޭނެ ބޭނުން : ގާއެޅުމުގެ މަސައްކަތް
v ބިމުގެ ސިފަ : މިބިމަކީ ދިގު އަކަވާގޮތަށް އޮތް ބިމެކެވެ.
v ބިންކުއްޔަށް ދޫކުރާ މުއްދަތު : ވަގުތީގޮތުން 1 އަހަރުގެ މުއްދަތަށް
v ބިމަށް ކުލި ނަގާނެ މިންވަރު : ބިމުގެ އަކަފޫޓަކަށް މަދުވެގެން 0.75 ލާރީގެ ރޭޓުން ޖެހޭ ޢަދަދެވެ.
ނޯޓް : މި ބިން ކުއްޔަށް ދިނުމަށްފަހު ، މުއްދަތު ހަމަވުމުން އިތުރު 1 އަހަރު ދުވަހަށް އިޢުލާންކުރުމަކާއި ނުލާ ، ބިން ލިބޭ ފަރާތާއެކު އެއްބަސްވުން ހަދައިގެން ކުރިޔަށް ގެންދިޔުމުގެ އިޙުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
ބިންކުއްޔަށް ހިފާ ފަރާތުގައި ހުންނަން ޖެހޭ ޝަރުޠު:
1- ދިވެހިރާއްޖޭގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކޮށްފައިވާ ކުންފުއްޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ފޮރިން އިންވެސްޓްމަންޓު ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓެއް ނުވަތަ ބިދޭސީ ވިޔަފާރިއެއް ކަމަށްވުން .
2- ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ބިންގަނެ ވިއްކުމުގެ މުޢާމަލާތެއް ކުރުމުގައި އޮޅުވާލުމާއި ، މަކަރާއި ހީލަތްހެދުމާއި ، ފްރޭމްގެ ކުށެއް ސާބިތުވެފައި ނުވުމާއި އެއްވެސް ހުކުމެއް ތަންފީޒު ކުރަމުންދާ ޤާނޫނީ ޝަޚްސަކަށް ނުވުން.
3- އިފްލާސް ކޮށްފައިވާ ޤާނޫނީ ޝަޚްސަކަށްނުވުން.
ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ ގޮތް :
- ކުލީގެގޮތުގައި ހުށަހަޅާ އެއްމެބޮޑު ކުއްޔަށް %90 ( ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނީ ހުށަހަޅާފައިވާ އެއްމެމަތީއަގަކީ ބެންޗްމާކް ކަމަށް ބަލައިގެންނެވެ. )
- ކުއްޔަށް ނެގުމަށް ހުށަހަޅާ ފަރާތުގެ މާލީތަނަވަސް ކަމަށް (ބަލާނީ ވޭތުވެދިޔަ 3 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓަށެވެ.) ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނީ ހުށަހަޅާފައިވާ އެއްމެމަތީއަގަކީ ބެންޗްމާކް ކަމަށް ބަލައިގެންނެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.