މަސައްކަތް
ނަންބަރު: FNK-K(T)/FNK/IUL/2015/006
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 02 ފެބުރުވަރީ 2015 15:30
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އީ.އައި.އޭ ރިޕޯޓު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ޤާއިމުކުރުމަށް ބޭނުންވާ ސީ.ވޯޓަރ ކޫލިންގ ސިސްޓަމްގެ އީ.އައި.އޭ ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިކުންފުނީގެ ފަރާތުން އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ޤާއިމުކުރަން ބޭނުންވާ ސީވޯޓަރ ކޫލިންގ ސިސްޓަމް (ބޯހޯލް ހެދުމާއި، ޕަންޕް ސްޓޭޝަން ހެދުމާއި، މޫދަށް ހޮޅިއެޅުން) ޤާއިމު ކުރުމުގެ މަސައްކަތާއި އަދި މިމަސައްކަތާ ގުޅުންހުރި އެންވެރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީ.އައި.އޭ) ރިޕޯޓް ޑިޒައިން އެންޑް ބިލްޑް އުސޫލުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަން ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ބޭނުންވާނެ އިތުރު މަޢުލޫމާތު، މަޢުލޫމާތު ކަރުދާސް 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުން ފެށިގެން 02 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 8:30 ން ފެށިގެން 15:30 ގެ ނިޔަލަށް މިކުންފުނީގެ ހެޑްއޮފީހުން (ޕޯޓްސް ކޮމްޕްލެކްސް ބިލްޑިންގގެ 07 ވަނަ ފަންގިފިލާ) ލިބިވަޑައިގަންނަވާނެއެވެ. މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 09 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މިކުންފުނީގެ ހެޑްއޮފީސް (ޕޯޓްސް ކޮމްޕްލެކްސް ބިލްޑިންގގެ 07 ވަނަ ފަންގިފިލާ) އަށެވެ.

02 ރަބީޢުލްއާޚިރު 1436

22 ޖަނަވަރީ 2015